ދަތުރުސަލާން
ވާހަކައިގެ ޕްލޮޓް
މިވާހަކައިގެ ޕްލޮޓަށްބަލާއިރު ޕްލޮޓް ރޭވިފައި އޮތީ
މައިގަނޑު އެއް ހާދިސާ ގެމައްޗަށެވެ. ވާހަކައިގައި ކުދިކުދި ހާދިސާތައް ހުރިނަމަވެސް
އެހާދިސާތައް ހުރީ މައިގަނޑު ހާދިސާއާއި ވަރަށް ބޮޑަށް ގުޅިފައެވެ.
ވާހަކައިގެ މައިގަނޑު ހާދިސާ
ބިނާވެފައިވަނީ އިބުރާހިމްބޭގެ ޙަޔާތުގެ މައްޗަށެވެ. އޭނާގެ ދެދަރިން ދެކެ
އިންތިހާޔަށް އެނަލޯބި ވެއެވެ. އެހެންނަމަވެސް ޙާލަތު އޭނައަށް މަޖްބޫރުކުރީ ،
ދެވަނަ ދަރިފުޅަށްވުރެ ބޮޑަށް ފުރަތަމަ
ދަރިފުޅަށް އަޅާލުމަށެވެ. މިކަން ވަރަށް ބޮޑުމައްސަލަ އަކަށްވެ ދެވަނަ ދަރިފުޅާ
އިބުރާހިމްބެއާ އޮންނަ ގުޅުން ކެޑިގެންދަނީއެވެ. އެއީ އިބުރާހިމްބެގެ ނުގަބޫލުގައި
އެދަރިފުޅު މާލެދާ ހިސާބުންނެވެ. މިކަމަކީ އެދެބަފައިންގެ މެދުގައި ބޮޑުބަތރަކަށް
ވެފައި ޒަމާންގަނޑަކަށް އޮތުމަށްފަހު ވާހަކަ ނިމޭއިރު އެކަން ހައްލުވެއެވެ.
ދެބަފައިންގެ ގުޅުން ރަގަޅުވެއެވެ.
މިވާހަކައިގެ ފެށުމަށް ބަލާއިރު ވާހަކަ
ފެށިފައިވަނީ އިބުރާހިމްބޭގެ ދެވަނަ ދަރިފުޅު (ސާޖިދު ) ކޮންމެވެސް ބައެއްގެ
ގާތުގައި ދައްކާ ވާހަކަ އަކުންނެވެ. އޭނާ ބުނެ ފާޅުކުރަނީ އޭނާގެ ހިތުގައި
ބިންވަޅު ނެގިފައިވާ ޝަކުވާތަކެކެވެ. އޭނައާމެދެ ބައްޕަ ކަންތައް ކުރި ގޮތެވެ.
އޭނައަށް އަޅާލުން ކުޑަކޮށް އަދި ބޭބެއަށް
އަޅާލި ގޮތެވެ.ބޭބެއާމެދު ބައްޕަ ދިންސަމާލު ކަމެވެ. އެހެނަސް މިއަދު އެބައްޕަގެ
ނުކުޅެދޭ ޙާލު ބައްޕަގެ ހުރިހާ ކަމެއް އެއްވެސް ޝަކުވާއެއްނެތި އެބަލަހައްޓަނީ
އޭނާކަމެވެ.
މިވާހަކަތަކުގެ އަޑު އިބުރާހިމްބެއަށް އިވުމުން
އޭނާއޮތް ހާލު އިޙުސާސް ވިއެވެ. އެތަނުގެ މާހައުލު އޮތްގޮތާއި މީހުންގެ ޢަމަލުތައް
ހުންނަގޮތުންވެސް އޭނައަށް އެއްވެސް އުފާވެރިކަމެއް ހިތްހަމަ ޖެހުމެއް އިޙުސާސެއް
ނުކުރެވެއެވެ. އަދި އެމީހުންގެ ކިބައިން ގާތްކަމާއި ކުލުނު ވެރިކަމެއް އޭނައަށް
އެއްވެސް ވަރަކަށް އިޙުސާސެއް ނުވެއެވެ. ދެން އެހިސާބުން އޭނައަށް އޭނަގެ މާޒީ
ހަދާންވެގެން ދެއެވެ. އެމާޒީގައި އޭނަގެ ދެދަރިންނަށް އޭނަ ކަންތައް ކުރި ގޮތާއި
ގެންގުޅުނު ތަފާތު ފެނިގެން ދެއެވެ. ސާމިރާމެދު އަޅާލަން މަޖްބޫރުވި ގޮތާއި ސާޖިދު
އޭނައަށް ވަކިވާން މެދުވެރިވީ ގޮތްވެސް ހަދާން ވެގެން ދަނީ ފިލްމެއްގެ މަންޒަރު
ފަދައިންނެވެ.
ވާހަކއިގެ ކުންނު ، މިބައި
އައިސްފައިވަނީ ވަހަކައިގެ ނިމުމާއި ހަމައިންނެވެ. އިބުރާހިމްބެއަށް އެއީ އޭނާގެ
ސާޖިދުކަންއެގި އޭނާ ހުރި ދެރަގޮތާއި ބައްޕަގެ ލޯތްބަށް ފެންބޮވައިގެންފައި ހުރި މިންވަރު އަންދާޒާ
ކޮށްލެވުނެވެ. އެހިނދު ވާގިނެތޭބަލީގައި އޮތް އިބުރާހިމްބެއަށް ކަނާއަތް ދިއްކޮށްލާނެބާރާއި
ދަރިފުޅާއޭ ހިތްހެޔޮ ކޮށްފީމޭ ހިތްހެޔޮ ކުރާށޭ ބުނާނެ ބާރު ލިބި ދެބަފައިންގެ
ލޮލާއި ލޯ ގުޅި އަތާ އަތް ގުޅުނު ހިސާބެވެ. މިހިސާބުން ދެން ބަޔާންކޮށް ފައިވަނީ
ދެބަފައިންނަށް ކުރި އަސަރުތަކެވެ.
ވާހަކަ ނިމިގެން ދަނީ އިބުރާހިންބޭގެ ހަށްޓާއި
ފުރާނަޔަށް ބަރުވެފައިވާ ކަންފުޅު ފިލައި ހިތްހަމަޖެހުން ލިބި މަރުގެ
ހަމަޖެހުންވެސް ލިބިގެން ނެވެ. އަބަދުގެ އަބަދަށް ދާއިމީ ނިންޖަކުން ނިދާލެވިގެން ނެވެ.
ކަރެކްޓަރުން
މިވާހަކައިގެ ކަރެކްޓަރުން
ހުށަހަޅާފައިވަނީ ތަހުލީލީ ( އެނަލައިޓިކް ) ގޮތަށެވެ. ކަރެކްޓަރުންގެ ޖަޒުބާތާއި ޚިޔާލުތައް
ލިޔުން ތެރިޔާ ފާޅުކޮށްފައި ވެއެވެ.
ނެރޭޝަން
ވާހަކަ ކިޔައިދީ ހުށަހަޅާ ދީފައި ވަނީ
ތިންވަނަ މީހާގެ ނަޒަރުންނެވެ. އެހެން މީހަކު ކިޔައިދޭ ގޮތަށެވެ.
ވާހަކައިގެ
ފަސްމަންޒަރު
މިވާހަކައިގެ ފަސްމަންޒަރުގައި
ދައްކައިދެނީ އިބުޜަހިމްބޭ ބަލިވެފައި އޮތް ކޮޓަރިއާއި އެގޭގެ މާހައުލެވެ.
އިބުރާހިންބޭގެ ހަދާނުގައި އަންނަކަންތައްތައް ގުޅިފައިވަނީ އޭނަގެ ރަށުގެ
މާހައުލާއެވެ. ޚާއްސަކޮށް އަތިރިމައްޗާއި ، ތުނޑި އާއި މޫދާއި ، ކަނޑުމަތީގެ
މަންޒަރުތަކެވެ. ރާއްޖެތެރޭގެ ރަށަކުން ފެންނާނެ ތިމާވެށީގެ ހުރިހާ މަންޒަރެއް
މިވާހަކައިން ފެނެއެވެ.މިސާލަކަށް "އެއްގަލުން މޮހާލައިގެން ކަނޑަށް
ނިކުތްގޮތަށް އައިނުގައިލީ މަސްދޯނި ފަހަރަށް އުފާވެރިކަމުގެ ކަޅިއެއް އެއްލަމުން އިބުރާހިމްބެ ދެފައި ދަމައިލައިގެން
އިނީ ފެތުރިފައިވާ ސާލެއްކަހަލަ އަތިރިމަތީ ގައި ބޮޑުނިކަގަހުގެ ހިޔަލުގައި ދެތިން
ތަނުން ފެޅިފައިވާ އެންދަމާ ދަލެއް ހަދާށެވެ." މިފަދަ ގޮތަކަށް ވަރަށް
ރީތިކޮށް މަންޒަރު ސިފަކޮށް ދެމުން ގެންގޮސްފަވާކަން ފާހަގަ ކުރެވެއެވެ.
މިވާހަކައަކީ ބަސްކޮށާރުގެ ގޮތުން ވަރަށް މުއްސަނދި ވާހަކައެކެވެ.
No comments:
Post a Comment