Saturday, April 4, 2015

މުދައްރިސުން ކުދިންގެ ތަފާތުކަން (ޑައިވާރސިޓީ) ބަލައިގަންނަންވާނެއެވެ. އަދި، ހުރިހާ ކުދިންގެ ކިބައިވެސް މަތިވެރި އުއްމީދުތަކެއް (ހައި އެކްސްޕެކްޓޭޝަންސް) ކުރަންވާނެއެވެ.



މުދައްރިސުން ކުދިންގެ ތަފާތުކަން (ޑައިވާރސިޓީ) ބަލައިގަންނަންވާނެއެވެ. އަދި، ހުރިހާ ކުދިންގެ ކިބައިވެސް މަތިވެރި އުއްމީދުތަކެއް (ހައި އެކްސްޕެކްޓޭޝަންސް) ކުރަންވާނެއެވެ.


ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. އުގެނޭ ގޮތާއި، ވިސްނޭމިންވަރާއި، ވިސްނުމުގެ ޤާބިލުކަން ހުންނަމިންވަރާއި، ޖިސްމާނީ ކުޅެދުމުގެ ތަފާތުތަކާއި، ނަފުސާނީ ގޮތުން ހުންނަ ތަފާތުތަކާއި، އިގްތިސާދީ، ސަގާފީ ތަފާތުތަކެވެ. ދަރިވަރުންގެ ބޭނުންތަކާއި ޝައުގުވެރިކަން ހުންނަ ކަންކަމުގައެވެ.
  ކޮންމެ މުދައްރިސަކީވެސް ދަރިވަރުންގެ މިތަފާތުތައް ރަގަޅަށް ދެނެގަނެ މިތަފާތުތަކަށް ރިއާޔަތްކޮށްގެން އުގަންނައި ދިނުމާއި ތަރުބިއްޔަތު ބައްޓަންކުރާ ފަރާތަކަށް ވާންޖެހޭނެއެވެ.  އުގަންނައިދިނުމުގައި ދަރިވަރުންގެ ތަފާތުތަކަށް ރިއާޔަތްކޮށް އުގަންނައިދިނުމުގައި މުގައްރަރު ޑިޒައިންކުރުމުގައި ދަރިވަރުންގެ ތަފާތުތަކަށް ވިސްނައިގެން ޑިޒައިންކުރުން މުހިންމެވެ.  މުގައްރަރުގައި ހިމެނޭ ބައިތައް އުގަންނައިދިނުމުގައި ތަފާތު އުކުޅުތަކާއި ތަފާތު ސްޓުރެޓެޖީތައް ބޭނުންކުރުން މުހިންމެވެ.  ބައެއް ދަރިވަރުންނަކީ އަޑުއަހައިގެން އުގެނޭ ދަރިވަރުންނެވެ. އަނެއްބައި ދަރިވަރުންނަކީ އަމަލީގޮތުން ކަންކަން ކޮށްގެން ދަސްކުރާ ދަރިވަރުންނެވެ. އަނެއްބައި ކުދިންނަކީ ބަލައިގެން ދަސްކުރާ ދަރިވަރުންނެވެ (އޮސްޓުރޭލިއަން ކަރިކިއުލަމް، އެސެސްމަންޓް އެންޑް ރިޕޯޓިންގ އޮތޯރިޓީ, 2014). މިތަފާތުތަކަށް ވިސްނައިގެން އުގަންނައިދިނުން ރޭވުމަކީ މުދައްރިސުން ކުރަންޖެހޭ ކަމެކެވެ. ޑިފަރަންސިއޭޓަޑް އިންސްޓުރަކްޝަންގެ ކޮނެސެޕްޓަކީ ދަރިވަރުންގެ ތަފާތުތަކަށް ރިއާޔަތްކޮށްގެން ކޮންމެދަރިވަރަކަށްވެސް ކާމިޔާބާ ހަމައަށް ގެންގޮސްދިނުމަށް މުދައްރިސުންނަށް ބޭނުންކުރެވޭނޭ މުހިންމު ކޮންސެޕްޓެކެވެ (އަލްބާރޓާ އެޑިޔުކޭޝަން, 2010). އަނެއްކަމަކީ ދަރިވަރުންގެ ފެންވަރުބެލުމުގައި ދަރިވަރުންގެ މެދުގައި ހުންނަ ތަފާތުތަކަށް ވިސްނައިގެން ފެންވަރުބެލުމުގެ ހަރަކާތްތައް ރާވާލުމެވެ. ފޯރމެޓިވް އެސެސްމަންޓް ބޭނުންކުރުމާއި ފެންވަރު ބެލުމުގައި ތަފާތު ދާއިރާތަކަށް ފޯކަސްކުރުމަކީ މުހިންމު ކަމެކެވެ.
ހުރިހާ ދަރވަރުންގެ ކިބައިންވެސް މަތިވެރި އުންމީދުތަކެއް ކުރަންވާނެއެވެ. ދަރިވަރުންނާއި މެދު މުދައްރިސުން ކުރާ އުންމީދުތަކަކީ ދަރިވަރުންގެ ކާމިޔާބީގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެކެވެ (އަލްބާރޓާ އެޑިޔުކޭޝަން, 2010).   ދަރިވަރުންނާއި މެދު މުދައްރިސުންގެ އުއްމީދަކީ މަތި އުއްމީދެއް (ހައި އެކްސްޕެކްޓޭޝަން) ނަމަ ދަރިވަރުންގެ ރަގަޅު ކާމިޔާބެއް ހޯދުމަށް މަގުފަހި ވާނެއެވެ. ކާމިޔާބު ޓިޗަރުން ދަރިވަރުންނާއިމެދު މަތިވެރި އަދި ހަގިގީ އުއްމީދުތަކެއް ކުރާނެއެވެ. އަދި ދަރިވަރުންނަށް އެދަރިވަރާމެދު ކުރެވޭ އުއްމީދުތައް ރަގަޅަށް ކިޔައިދިނުމުގެ ސަބަބުން ރަގަޅު ކާމިޔާބަކާއި ހަމައަށްދިއުމަށް ދަރިވަރުގެ ޝައުގުވެރިކަން ބޮޑުވާނެއެވެ (ސެގެ, ތ.ނ).  އާންމު ގޮތެއްގައި ރަގަޅު ނަތީޖާލިބޭ ދަރިވަރުންނަށް މުދައްރިސުންގެ ސަމާލުކަން އިތުރަށްލިބެއެވެ.  އެދަރިވަރުންނާއި މެދު މުދައްރިސުން ކުރާ އުއްމީދުތައް ބުނެދެވެއެވެ. އެދަރިވަރުންގެ މަސައްކަތައް ރަގަޅު ތަރުހީބު (ޕޮސިޓިވް ރީއިންފޯރސްމަންޓް) ދެވެއެވެ.  އެދަރިވަރުންނަށް އުގެނުމުގައި ދިމާވާ ތަފާތު މައްސަލަތަކާއި އޮޅުންފިލުވަން ބޭނުންވާކަންކަން އޮޅުންފިލުވައި ދިނުމުގައި މުދައްރިސުންނަށް އިތުރު ވަގުތުހޭދަ ކުރެވެއެވެ. އެހެންކަމުން ހުރިހާ ދަރިވަރުންނަށް ހަމަހަމަކޮށް ނަމަވެސް ދަރިވަރުންގެ ތަފާތުތަކަށް ވިސްނައިގެން އެދަރިވަރަކާއި މެދު ކުރެވޭ އުއްމީދުތައް އެދަރިވަކަށް އަންގައިދިނުން މުހިންމެވެ. ކޮންމެ ދަރިވަރަކަށް ވެސް ރަގަޅު ތަރުހީބު ދިނުމާއި ކޮންމެ ދަރިވަރަކަށްވެސް ރިއަލިސްޓިކް ގޯލް ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. ދަރިވަރުން ކިޔެވުމުގައި ދައްކާ ހިތްވަރަށް ތައުރީފުކުރުމާއި ދަރިވަރުންގެ މައްޗަށް މުދައްރިސުންގެ އޮތް އިތުބާރުގެ މަތިން ތަކުރާރުކޮށް ދަރިވަރުންނަށް ހަދާންކޮށް ދޭންޖެހެއެވެ. މިކަން ވެގެން ދާނީ ދަރިވަރުންގެ "ސެލްފް ފުލްފިލންގ ޕުރޮފެސީ" ފުރިހަމަ ކުރުމަށް އަދި ރަގަޅަށް އަމިއްލަނަފްސާއި މެދު ދެކުމަށް ކޮށޭ މަގެއްގެ ގޮތުގައެވެ. ސަބަބކީ ދަރިވަރުންނާއިމެދު މުދައްރިސުންކުރާ އުއްމީދުތަކާއި އެއްގޮތައް ކަންކަންތައް ފުރިހަމަކުރުމަށް ދަރިވަރުން މަސައްކަތް ކުރަމުން ގެންދާނެތީއެވެ (ސެގެ, ތ.ނ).
އެހެންކަމުން މުދައްރިސުން ދަރިވަރުންގެ ތަފާތުތައް ދެނެގަތުމާއި އެކު ދަރިވަރުންގެ މައްޗަށް ފުރިހަމަ އުއްމީދުތަކެއް ކުރުން ވެގެން ދާނީ ދަރިވަރުން ރަގަޅު ކާމިޔާބަކާއި ހަމައަށް ދިއުމަށް ވެދެވޭ ވަރަށް ބޮޑު އެހީ އަކަށެވެ. ކޮންމެ މުދައްރިސަކީ ހަވާލުވެފައިވާ ދަރިވަރުން ރަގަޅަށް އެގޭ އަދި ކޮންމެ ދަރިވަރކާއިއެކު ރަގަޅަށް މުއާމަލާތް ކުރެވޭފަދަ މުދައްރިސަކަށް ވާންޖެހެއެވެ. އަދި ދަރިވަރުންނާއި ކުރެވޭ މުއާމަލާތުގައި ދަރިވަރުންގެ މައްޗަށްކުރާ އިތުބާރާއި ޔަގީންކަމާއި އޮތް އުއްމީދުތައް ރަގަޅަށް އޮޅުންފިލުވައި ދޭންޖެހޭނެއެވެ.

No comments:

Post a Comment