Saturday, April 4, 2015

ތައުލީމީ ފަލްސަފާއާއިމެދު ލިޔެވިފައި ހުރި ޢިލްމީ ލިޔުންތައް ދިރާސާ ކުރުމަށްފަހު، ރަގަޅު ތަޢުލީމީ ފަލްސަފާއެއްގައި ހުންނާނެ ސިފަތަކުގެ ޚުލާސާ





1.    ތައުލީމީ ފަލްސަފާއާއިމެދު ލިޔެވިފައި ހުރި ޢިލްމީ ލިޔުންތައް ދިރާސާ ކުރުމަށްފަހު، ރަގަޅު ތަޢުލީމީ ފަލްސަފާއެއްގައި ހުންނާނެ ސިފަތަކުގެ ޚުލާސާ
     ތައުލީމީ ފަލްސަފާތަކަށް ބަލާލާއިރު ޑޮކްޓަރ މުސްތޮފާ ލުތުފީއާ ހަވާލާ ދެއްވާ އާއިމިނަތު ޝިފްލީން ވިދާޅުވެފައިވަނީ ޑރ. މުސްތަފާ ސިފަކުރައްވާ ގޮތުގައި ތައުލީމީ މަންހަޖަކީ "މުޖުތަމައުން، އެ މުޖުތަމައުގެ ހުރިހާ ފަރުދުންގެ ކިބައިގައި އަށަގެންނެވުމަށް ކަނޑައަޅާފައިވާ އިލްމާއި ހުނަރާއި އުސޫލުތަކާއި އަހްލާގާއި ސަގާފީ ގޮތްތަކާއި އަގީދާ ހިމެނޭ ތައުލީމީ ޕްރޮގްރާމެކެވެ." އަލްއުސްތާޛު މައުމޫން ޢަބުދުލްޤައްޔޫމް(1997) ތަޢުލީމީ ފަލްސަފައާއި ބެހޭގޮތުން ވިދާޅުވެފައި ވެއެވެ.

މުދައްރިސްގެ ތައްޔާރުވުމާއި އިންތިޒާމްކުރުމުން ދަރިވަރުންގެ އުގެނުމަށް އަސަރުކުރާ ގޮތް



·        މުދައްރިސްގެ ތައްޔާރުވުމާއި އިންތިޒާމްކުރުމުން  ދަރިވަރުންގެ އުގެނުމަށް އަސަރުކުރާ ގޮތް
    އުގެނުމާއި އުގަންނައިދިނުމުގެ މަސައްކަތުގެ އެންމެބޮޑު ބަޔަކީ މުދައްރިސުންގެ މަސައްކަތް ރޭވުމެވެ. މުގައްރަރުގެ ބައިތައް ބަހާލުމާއި، ސްކީމްތައް ތައްޔާރު ކުރުމާއި ލެސަން ޕުލޭން ތައްޔާރުކުރުމެވެ. އަދި ފިލާވަޅަށް ބޭނުންވާނޭ އެހެނިހެން އެހީތައް ތައްޔާރުކުރުމާއި ކުލާސްތެރޭގައި ދިމާވެދާނެ ހުރިހާކަމަކަށް ތައްޔާރުވުމެވެ.

މުދައްރިސުން ކުދިންގެ ތަފާތުކަން (ޑައިވާރސިޓީ) ބަލައިގަންނަންވާނެއެވެ. އަދި، ހުރިހާ ކުދިންގެ ކިބައިވެސް މަތިވެރި އުއްމީދުތަކެއް (ހައި އެކްސްޕެކްޓޭޝަންސް) ކުރަންވާނެއެވެ.



މުދައްރިސުން ކުދިންގެ ތަފާތުކަން (ޑައިވާރސިޓީ) ބަލައިގަންނަންވާނެއެވެ. އަދި، ހުރިހާ ކުދިންގެ ކިބައިވެސް މަތިވެރި އުއްމީދުތަކެއް (ހައި އެކްސްޕެކްޓޭޝަންސް) ކުރަންވާނެއެވެ.


ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެކެވެ. އުގެނޭ ގޮތާއި، ވިސްނޭމިންވަރާއި، ވިސްނުމުގެ ޤާބިލުކަން ހުންނަމިންވަރާއި، ޖިސްމާނީ ކުޅެދުމުގެ ތަފާތުތަކާއި، ނަފުސާނީ ގޮތުން ހުންނަ ތަފާތުތަކާއި، އިގްތިސާދީ، ސަގާފީ ތަފާތުތަކެވެ. ދަރިވަރުންގެ ބޭނުންތަކާއި ޝައުގުވެރިކަން ހުންނަ ކަންކަމުގައެވެ.

ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައިދިނުމުގައި ދިވެހިރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަޑު ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރަން ކުރެވިދާނެ ކަންކަން





ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ކިޔަވައިދިނުމުގައި ދިވެހިރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ކުރިމަތިވާ މައިގަޑު ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރަން ކުރެވިދާނެ ކަންކަން 
 

ވިސްނުމުގެ ހުނަރަކީ އެ ހުނަރެއް ބޭނުންކޮށްގެން ދުނިޔެ އާރާސްތުކުރުމަށް އިންސާނާ ބޭނުންކުރާނެ އެންމެ މުހިންމު ހުނަރެވެ. ދުނިޔެ ދަސްކުރުމަށާއި، އިންސާނުން ދުނިޔޭގައި އުޅުމަށް ކުރާމަސައްކަތް ދަސްކުރުމަށާއި ދޭދޭ ގުޅުންތައް ޤާއިމް ކުރުމަށާއި ގުޅުންތައް ދެމެހެއްޓުމުގައެވެ. ރަނގަޅާއި ނުބައި ވަކި ކުރުމުގައެވެ.  ވިސްނުމުގެ ހުނަރަކީ އުމުރާއެކު ތަރައްގީވަމުން އަންނަ އެއްޗެކެވެ. ޕިއާޖޭ ފާހަގަ ކުރާގޮތުން އިންސާނުންގެ ވިސްނުން ތަރައްގީ ވަމުން އަންނަނީ އެކި ހަރުފަތް ތަކެއްގެ މައްޗަށެވެ.

މުދައްރިސަށް އިސްކަންދޭ ކިޔަވައި ދިނުމަކީ ކޮބާ؟




·        މުދައްރިސަށް އިސްކަންދޭ ކިޔަވައި ދިނުމަކީ ކޮބާ؟
ކިޔަވައިދިނުމުގެ ވައްތަރުތަކުގެ ތެރެއިން މުދައްރިސަށް އިސްކަންދީގެން ނުވަތަ ޓީޗަރ ސެންޓާރޑްކޮށް ކިޔަވައި ދިނުމަކީ ކިޔަވައިދިނުމުގެ ވައްތަރުތަކުގެ ތެރެއިން އެންމެ ދުވަސްވީ ވައްތަރެވެ. މިވައްތަރުގެ އުގަންނައި ދިނުމުގައި، އުގެނުމާއި އުގަންނައި ދިނުމުގެ މަރުހަލާގައި ދަރިވަރުގެ މާބޮޑު ރޯލެއްނެތި އުގެނުމުގެ ހުރިހާކަމެއް މުދައްރިސަށް ބަރޯސާވެފައިވެއެވެ.  މުދައްރިސްގެ އަމާޒަކަށްވާނީ ދަރިވަރުންނަށް ފިލާވަޅު ނަގައިދެވޭކަން ޔަގީން ކުރުމެވެ. ނުވަތަ ސިލަބަސް ނިންމޭކަން ޔަގީން ކުރުމެވެ.