1. ތައުލީމީ ފަލްސަފާއާއިމެދު ލިޔެވިފައި ހުރި ޢިލްމީ ލިޔުންތައް
ދިރާސާ ކުރުމަށްފަހު، ރަގަޅު ތަޢުލީމީ ފަލްސަފާއެއްގައި ހުންނާނެ ސިފަތަކުގެ
ޚުލާސާ
ތައުލީމީ ފަލްސަފާތަކަށް ބަލާލާއިރު ޑޮކްޓަރ މުސްތޮފާ ލުތުފީއާ ހަވާލާ
ދެއްވާ އާއިމިނަތު ޝިފްލީން ވިދާޅުވެފައިވަނީ ޑރ. މުސްތަފާ ސިފަކުރައްވާ
ގޮތުގައި ތައުލީމީ މަންހަޖަކީ "މުޖުތަމައުން، އެ މުޖުތަމައުގެ ހުރިހާ ފަރުދުންގެ ކިބައިގައި
އަށަގެންނެވުމަށް ކަނޑައަޅާފައިވާ
އިލްމާއި ހުނަރާއި އުސޫލުތަކާއި އަހްލާގާއި ސަގާފީ ގޮތްތަކާއި އަގީދާ ހިމެނޭ ތައުލީމީ ޕްރޮގްރާމެކެވެ." އަލްއުސްތާޛު މައުމޫން
ޢަބުދުލްޤައްޔޫމް(1997) ތަޢުލީމީ ފަލްސަފައާއި ބެހޭގޮތުން ވިދާޅުވެފައި ވެއެވެ.